ޒަމާނުންސުރެ ދިވެހިންނަކީ ރޯދަ މަހަށް ކުރިއާލާ ގިނަ ތައްޔާރީތަކެއް ވާ ބަޔަކަށް ވާއިރު ކަށިވެލުލުމާއި ތެލި، ތަށި އާކުރުމާ މިނޫންވެސް މިފަދަ ކަންކަމަކީ އިހުގައިވެސް ކޮށް އުޅުނު ކަންކަމެވެ. ޒަމާނަށްއައި ބަދަލާއެކު ރޯދައަށް ކުރަމުން އަންނަ ކަންކަން ތަފާތުވި ނަމަވެސް ދިވެހިންގެ ދަނޑުތަކުން ހައްދައިގެން ކާބޯތަކެތި ބާޒާރަށް ނެރުމަކީ މިއަދުވެސް އެވެރިން ކޮށް އުޅޭ މަސައްކަތެކެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ރ. ފައިނެވެ. ކަރާ ހެއްދުމުގެ ނަމުން ފައިނު މަޝްހޫރުވި ނަމަވެސް މިއަދު ދަނޑުވެރިކަމުގެ ނަޒަރުން ބަލައިލުމުން ފެނިގެން ދަނީ އެއަށްވުރެ ކުރިއަށް ޖެހިލާފައިވާ ރަށެއްގެ ގޮތުގައެވެ. އާބާދީގައި ފަސް ސަތޭކަ މީހުން ދިރިއުޅޭ ފައިނުގައި މޫސުމީ ދަނޑުވެރިކަން ކުރުމުގައި ކޮންމެ އާއިލާއެއްވެސް ޝާމިލް ވާއިރު މުޅި ރަށުގެ ރައްޔިތުންހެން އެ މަސައްކަތުގައި އުޅެއެވެ.
މިދިޔަ އަހަރު ފައިނުގެ ދަނޑުވެރިންނަށް ދިމާވީ ވަރަށްވެސް ދެރަ ގޮތެކެވެ. ދަނޑުތަކުގައި އާލާވި ބަލިތައް ނައްތާނުލެވި އޮއްވާ، ފެން ލޮނުވުމުގެ މައްސަލައެއް ދިމާވެ ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
ފައިނުގައި މީގެ ކުރިން މުޅިންހެން ކުރަމުން އައި މޫސުމީ ދަނޑުވެރިކަން ނަމަވެސް މިހާރު ވަކި އަދަދަކަށް ދިގު މުއްދަތައް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ދަނޑުބިންތައް ދޫކޮށްފައެވެ. އެގޮތުން ދިގު މުއްދަތަށް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ދަނޑު ބިންތައް ކައުންސިލުން ދޫކޮށްފައި ވަނީ 3 އަހަރުގެ މުއްދަތަކަށެވެ.
ފައިނުގެ ދަނޑުވެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ ފައިނުގައި ދަނޑުވެރިކަން ނުކުރާ ހަނދާނެއް ދުވަހަކުވެސް ނުހުންނަ ކަމަށާއި ހާއްސަކޮށް ރޯދައަށް ދަނޑު ހައްދާ ކަމަށެވެ. އަދި ރޯދަ މަސް ނޫނަސް މިހާރު ދަނޑު ހައްދަމުންދާ ކަމަށް މޫސާ ވަނީ ފާހަގަ ކުރައްވާފައެވެ.
މިހާރު އާންމުކޮށް ހައްދަމުން ދަނީ ކަރައާއި ކިއުކަންބާއާއި މިރުސް އަދި ބަޓާނާއާއި މެލަން ކަހަލަ ބާވަތްތައްކަން ފާހަގަކުރައްވާ މޫސާ ވިދާޅުވީ މޫސުމީ ދަނޑުވެރިކަމަށް ދަނޑުތައް ދޫކުރަން ހުޅުވާލާ ފުރުސަތުގައި ކޮންމެ ގޭބީސީއަކުން ވެސް އެކަމަށް އެދި ކުރިމަތިލާ ކަމަށާއި ރަށުގެ އެންމެން ޝާމިލްވާ ގޮތަށް އެ މަސައްކަތް ކުރާ ކަމަށެވެ.
މޫސަ ވިދާޅުވީ މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑު ބިންތައް ދޫކުރަނީ އިއުލާންކޮށް ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ދަނޑުބިންތައް ދޫކުރާ ގޮތަށް ކަމަށެވެ.
ކޮންމެ ރޯދަމަހަކު 80 ޓަނުގެ ކަރާ ފައިނު ދަނޑުތަކުން ކަނޑާ ކަމަށާއި ކޮންމެ އަހަރަކަށް ފުދޭ ވަރަކަށް ބާޒާރަށް ކަރާ ނެރޭ ރަށެއް ކަމަށް މުސާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ބައްޔެއް އަޅައިގެން ދަނޑުތަކަށް ގެއްލުންވެގެން އެދެވޭ ނަތީޖާއެއް ނުލިބުނު ކަމަށާއި އެހެންނަމަވެސް މި އަހަރުވެސް 80 ޓަނުގެ ކަރާ ނެރެވޭނެ ކަމަށް މޫސާ ވަނީ ވިދާޅުވެފައެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށިގެން ފައިނުގެ ދަނޑުވެރިންނަށް ބޭނުންވާ ގަސް ކާނާ އާއި ބޭސް ވެސް ގެނެސްދެނީ ކައުންސިލުންނެވެ. އަދި އެ ތަކެތި ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ދަނޑުވެރިންނަށް ދޫކުރަނީ ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމާ ގުޅިގެން މޫސާ ވިދާޅުވީ އެތަކެތި ގަނޑުކޮށް ގެންނަން ގާތްގަނޑަކަށް 2 ލައްކަ ރުފިޔާ ކައުންސިލުން ހަރަދުކުރާ ކަމަށެެވެ.
ރ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓު އޮޕަރޭޓް ކުރާ އަތޮޅަކަށް ވާއިރު މޫސާ ފާހަގަ ކުރައްވާ ގޮތުގައި ދިމާވާ އެންމެ ބޮޑު ގޮން ޖެހުމަކީ އެކަށީގެންވާ ގޮތުގައި އެތަކެތި ނުވިއްކުމެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް އެތަކެތި ގަތުމުގައި ރިސޯޓުތަކަށްވެސް ދަތިތަކެއް ކުރިމަތިވަނީ ކަމަށްވެސް މޫސާ ވިދާޅުވިއެވެ.
ހައްލުނުލިބުނު ދަނޑުވެރިން ހެއްދި އެތި ކޮޅުފީވާއިރުވެސް ހައްލެއްނެއް