ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އައްޔަނު ކޮށްފިއެވެ.

އެޗްޑީސީގެ ޑީއެމްޑީކަމަށް ހަމަޖެއްސެވި ގައިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް ގައިސް ހަމަޖެއްސީ ޑިސެމްބަރު 5، 2019 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައެވެ. ބްރޯޑް ކޮމުން އޭނާ އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

އޭރު އޭނާ އިސްތިއުފާ ދެއްވީ ރައީސް ސޯލިހުއަށް އެމްޑީޕީ ޓިކެޓު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ.

އެޗްޑީސީގެ ޑީއެމްޑީ މަގާމު އެންމެ ފަހުން ފުރުއްވީ މިހާރުގެ އެމްޑީ އަހުމަދު އާތިފްއެވެ. އާތިފް އެޗްޑީސީ އެމްޑީކަމަށް ހަމަޖެއްސެވީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޭނާ އެމްޑީއަށް އައްޔަން ކުރި ފަހުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައި ނުވެއެވެ.

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ގައިސްއަކީ ގދ އަތޮޅު ކައުންސިލްގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.