އިޒްރޭލުގެ ގައުމީ އެއާލައިން އަލް އެލްގެ ދަތުރުތައް ރާއްޖެއަށް ފަށަން ޕްލޭންކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ޑީނާ ބެން-ތާލް ގަނާޝިއާ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، އެއެއާލައިނުން އަލަށް ދަތުރުތައް ފަށާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.

އޭނާ ބުނީ، އެލް އަލްގެ ބޮއިން ބީއޭ. އެންގެ 787 ފްލީޓް 22 އަށް އިތުރު ކުރަން ނިންމާފައި ވާއިރު އަލަށް ދަތުރު ފަށަން ފްލޭން ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އިންޑިއާ އާއި ފިލިޕީންސް އާއި އޮސްޓްރޭލިއާގެ އިތުރުން ސިންގަޕޫރަށް ވެސް އަލުން ދަތުރުތައް ފަަށަން ޕްލޭންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލް އަލް އެއާލައިނުން ބުނާ ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އޭޝިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށް 2028 ވަނަ އަހަރު އަންނައިރު ކުންފުނީގެ އާމްދަނީ 75 ޕަސަންޓު އިތުރު ކުރުމެވެ.

އެއާލައިނުން މިހެން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

އިސްރާއީލާއި ދިވެހިރާއްޖެ އާއި ދެމެދު ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. ނަމަވެސް ޓްރާންސިޓް ކުރުމަށްފަހު އިސްރާއީލް މީހުންނަށް ވެސް ދިވެހިރާއްޖެ އަށް އާދެވެއެވެ.