ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފިއެވެ.

އެޗްޑިސީން ބުނީ، މިސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެޗްޑީސީގެ ފަރާތުން ބާއްވާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އެކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.

ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއް ކަމަށް ދެކޭ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާޅޭގައި މީގެ ކުރިން ބާބިކު ސަރަހައްދެއްގެ ގޮތުގައި ކަނޑއަޅާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅޭ ސަރަހައްދުގައެވެ. ނަމަވެސް ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ މެދުން ކަނޑާފައިވާ ކޯރުގެ މަސައްކަތެއް ކުރުމަށް އެ ސަރަހައްދު ހުސްކުރިއެވެ.

ހުޅުމާލެ ބާބަކިއު ސަރަޙައްދަކީ ބާބަކިއުހެދުމަށް ހުޅުމާލޭގެ ރައްޔިތުންގެ އިތުރުން މާލެއިންވެސް ގިނަ އަދަދެއްގެ މީހުންދާ ސަރަހައްދެކެވެ.