ހުޅުމާލެ ފޭސް 2 ގައި ހަދާފއިވާ ހިޔާ ޓަވަރުތަކުގައި ފަޔާ އިވެކުއޭޝަން ސައިނޭޖް ބޯޑުތައް ހަރުކުރަން ފަށައިފިއެވެ.
އެކަމާ ގުޅިގެން އެޗްޑީސީއިން ބުނީ ހިޔާ ޓަވަރުތަކުގައި އަލިފާނުގައި ހާދިސާއެއް ހިނގައިފި ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ދައްކުވައިދޭ ފަޔާ އިވެކުއޭޝަން ސައިނޭޖް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ކަމަށާއި ސައިނޭޖް ބޯޑު ހަރުކުރުމަށް ހަމަޖެހިފައި ވަނީ ހިޔާ ޓަވަރުތަކުގެ އާންމު ބައިތަކުގައި ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ހަރުކުރާ ސައިނޭޖް ބޯޑުތަކުން ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިތަނަކަށް ދިއުމުގައި އަމަލު ކުރަންވީ ގޮތް ދައްކުވައިދޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ހިޔާ ޓަވަރުގެ ބައެއް ފްލެޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައި ވާއިރު އެ ހާދިސާތަކުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ވެފައެއް ނުވެއެވެ.