ކ. ތުލުސްދޫގައި މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ ޕޮލޭންޑްގެ ފިރިހެނެކެވެ.
އޭނާ މަރުވެފައިވަނީ ކުޑަވިލިނގިލި ކައިރިން ކަނޑުއޮޅި އަށް މޫދަށް އެރި އުޅެނިކޮށް އޭނާގެ ގައިގެ މަތިން ލޯންޗެއް ދުއްވާފައި ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އެ މީހާގެ އެއް އަތް ބުރިވެ، ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ނުކުމެފައެވެ. ފައި ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު ބުރިވި އަތް އަދި ނުފެނެއެވެ. އެމީހާ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.