ދ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮތް ދެ ފަޔުރުވެރިންވެސް މަރުވެއްޖެއެވެ.

މޫދަށް ފޭބި ދެ ފަތުރުވެރިން ގެނބިގެން ހަބަރު ހުސްވެފައި އޮއްވައި ފެނުނީ މިއަދު ހަވީރެވެ. ދ. އަތޮޅު ރިސޯޓެއްގެ މޫދުގައި ހަބަރު ހުސްވެފައި އޮތް ދެ ފަތުރުވެރިޔަކު ފެނިގެން، އެ މީހުން އިތުރު ފަރުވާއަށް ގެންގޮސްފައި ވަނީ ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.

އަދި އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. އަދި އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި ނޫހަށް އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އަދި އެ ދެ މީހުން މޫދަށް ފޭބީ ވޯޓާ ވިލާއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ނަމަވެސް މި ކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ރިސޯޓެއްގައި މޫދަށް ފޭބި ދެ މީހުން މަރުވިއިރު ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ނިޔާވެފައި ވަނީ ކޮލަމާފުށީ، އުދަރެސް، އަހުމަދު މިސްހާގު 45، އެވެ.