ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކުގެ ސިލްސިލާ ސާވޭތަކެއް ވަނީ ފެށިފައިވާ ކަމަށެވެ.

އެ ސާވޭގެ ދަށުން މި ޔުނިޓްތަކުގައި އެގްރިމަންޓާ ހިލާފު އެއްވެސް މަސައްކަތެއް ކުރޭތޯ އަދި ޔުނިޓު ހިންގަމުންދަނީ ދެވިފައިވާ ބޭނުމަށްތޯ ބަލާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެންމެ ފުރަތަމަ އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގެ ރަށު މާރުކޭޓް ސަރަހައްދާއި ގަރާޖްތައް ހުންނަ ސަރަހައްދުގައި ކަމަށްވާއިރު ސާވޭގެ މައިގަނޑު މަގްސަދަކީ ޔުނިޓްތައް ހަވާލުކޮށްފައިވާ މައިގަނޑު މަގްސަދު ހާސިލް ވޭތޯ އާއި ޔުނިޓްގައި ކުރިއަށްދަނީ އެތަން ދިން ބޭނުމަށްތޯ ބެލުން ކަމަށް އެޗްޑީސީން ބުނެއެވެ.