ނޭޕާލުގައި އޮންނަ ހިންދީ ރަސްކަމާ ދެކޮޅަށް އެތައް އަހަރެއް ވާންދެން ހަނގުރާމަ ކުރި، ގެރިއްލާ ލީޑަރު 8 އަހަރުގެ ޕުޝްޕާ ކަމާލް ދަހާލް (ޕްރަޗަންދާ) ހަމަޖައްސައިފިއެވެ.
އޭނާ އެ މަގާމު ކަށަވަރު ކުރީ، އިހަށް ދުވަހު ނިމިދިޔަ ނޭޕާލްގެ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބި، ވެރިކަން ކުރާ ކޮންގްރެސް ޕާޓީ އާއި އިދިކޮޅު ކޮމިއުނިސްޓް ޔުނިފައިޑް މާޒިސްޓް ލެނިނިސްޓް (ޔޫއެމްއެލް) ޕާޓީ އަށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ލިބުނު ފުރުސަތުގައި، ކޮންގްރެސް ޕާޓީން ޕްރަޗަންދާ އަށް ބޯޑުވަޒީރުކަން ދޭން ދެކޮޅު ހެދުމުން އޭނާ އެކޯލިޝަނާ ވަކިވެ އިދިކޮޅާ ގުޅުމުންނެވެ.
ޕްރަޗަންދާގެ ނަމުން، ޕުޝްޕާ ކަމާލް ދަހާލް މަޝްހޫރު ވެފައި ވަނީ "ނުރައްކާ" ގެރިއްލާ މާއޮއިސްޓް މެންބަރެްގެ ގޮތުންނެވެ. މިހާރުވެސް އޭނާގެ އާންމު ނަމަކީ ޕްރަޗަންދާ އެވެ.
މިކަމާ ގުޅިގެން ނޭޕާލްގެ ރައީސް ބިދްޔަ ދޭވީ ބަންދާރީގެ މުޝީރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ޕްރަޗަންދާ އަށް ބޮޑުވަޒީރުކަން ލިބުނީ، އޭނާ އިދިކޮޅާ ގުޅުމުން ލިބުނު ބޮޑު މެޖޯރިޓީގެ ސަބަބުންނެވެ.
ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަނުން ވަކިވެ ޕްރަޗަންދާ އިދިކޮޅާ ގުޅުނީ އޭނާގެ ޕާޓީ، މާއޮއިސްތް ސެންޓާ ޕާޓީއަށް ލިބުނު 32 ގޮނޑިއާއެކުގައެވެ. އެއާއެކު އިދިކޮޅު ޔޫއެމްއެލްގެ 78 ގޮނޑިއާއި އެހެނިހެން ކުދިކުދި ޕާޓީތައް އެއްކޮލުމުން 275 ގޮނޑި ހުންނަ މަޖިލީހުން 138 ގޮނޑި ވަނީ ލިބިފައެވެ.
މިހާރުގެ ބޮޑުވަޒީރު ޝޭރް ބަހާދުރު ޑޫބިއާގެ ކޮންގްރެސް ޕާޓީން ދެން ތަމްސީލު ކުރާނީ 89 ގޮނޑިއެވެ.
އެނަލިސްޓުން ބުނާ ގޮތުގައި ޕްރަޗަންދާ ވެރިކަމާ ހަވާލުވިޔަށް، ނޭޕާލް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގިނަ ގޮޮންޖެހުންތަކާ ކުރިމަތިވާނެއެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗެއްހެން މިހާރުވެސް އިމްޕޯޓް ކުރަން ޖެހިފައިވާ ނޭޕާލަކީ އިންޑިއާ އާއި ޗައިނާ އާ ދެމެދު "ފިތިފައި" އޮންނަ ގައުމަކަށް ވާއިރު އެގައުމުގެ ފައިސާގެ އަގެއްވެސް ނެތެވެ. އެމެރިކާ ޑޮލަރެއްގެ އަގު ހުރި ނޭޕާލްގެ 130 ގެ ރޭޓުގައެވެ. އިންފްލޭޝަން މައްޗަށް ގޮސް މިހާރު ހުރީ 8 ޕަސެންޓަށް އުފުލިފައެވެ.
239 އަަހަރު ވީ ރަސްކަން 2008 ގައި ނިމުމަކަށް ގެނައި ފަހުން މިހާތަނަށް 10 ސަރުކާރެއް ވަނީ ބަދަލުވެފައެވެ.
ޕްރަޗަންދާގެ ހަލަނި ކަމާއި ހިންދޫންނާ ދެކޮޅު ސިޔާސަތުގެ ސަބަބުން، އޭނާ އަށް އެގައުމަށް ހަމަޖެހުން ގެނެސް ސުލްހަ މަސަލަސްކަން ގާއިމު ކުރެވިދާނެ ކަމާ މެދު މުރާސިލުން ސުވާލު އުފައްދައެވެ.
ނޭޕާލުގައި އަލަަށް މި އެކުލަވާލައި ސަރުކާރުގެ ވުޒާރާތަކަށް އާ މިނިސްޓަރުން އަދި ކަނޑަ ނޭޅޭ އިރު، ޕްރަޗަންދާ ވެރިކަމުގައި ދެމި ހުންނާނީ 2025 ގެ ނިޔަލަށެވެ ދައުރު މެދުތެރެއިން އޭނާ އިސްތިއުފާ ދީ ދައުރުގެ ބާކީ ވެރިކަން ކުރާނީ އިދިކޮޅު މައި ޕާޓީ ޔޫއެމްއެލް އިން ކަނޑައަޅަ މީހެކެވެ.