މާލޭގައި ނޭޕާލު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މީޑިއާ އާ މިއަދު ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، އެ މީހާ އަށް މާލޭގެ ކުރިކީލަ މަގުގައި ހަމަލާދިން ކަމުގެ މައުލޫމާތު ލިބުނޫ ރޭ މެންދަމު 12 ޖަހާކަން ހާއިރު ކަމަށެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ އަށް ފަރުވާދެމުންދާ ކަމަށާއި، ނަމަވެސް ހާލު ސީރިޔަސްނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.