ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ "ޕުޝް ނޮޓިފިކޭޝަން" ބީއެމްއެލްގެ އެޕް މެދުވެރިކޮށް ފޯނަށް ލިބޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކޮށްގެން ކަސްޓަމަރުންގެ އަމިއްލަ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައި މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެ ހިދުމަތް ވަނީ ދޫކުރަން ފަށައިފައި ކަމަށެވެ.

ބީއެމްއެލް ޕުޝް ނޮޓިފިކޭޝަން ލިބޭނީ، އެއް އެކައުންޓުން އަނެއް އެކައުންޓައް ފައިސާ ޓްރާންސްފާ ކުރުމުންނާއި، އިންޓަނޭޝަނަލް ޓްރާންސްފާ ކުރުމުންނާއި، އެހެން ބޭންކުތަކަށް ފައިސާ ފޮނުވައިގެންނާއި، ބިލް ދައްކައިގެންނާއި ސްކޭން ޓު ޕޭ މެދުވެރިކޮށް ކުރާ މުއާމަލާތަކާއި، އަމިއްލަ އެކައުންޓުން ވޮލެޓަށް ކުރާ ޓްރާންސްފާތަކެވެ.

މިއީ ފޯނުގެ ނޯޓިފިކޭޝަން ސްކްރީނާއި ބެނާ އަދި ފޯން ލޮކް ކޮށްފައިވާ ސްކްރީނުން ފެންނާނެ ނޮޓިފިކޭޝަނެއް ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެ ނޮތީފިކޭޝަނަށް ފިތާލުމުން އެ ފިލައިގެން ދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. އެ ނޮޓިފިކޭޝަން ލިބޭ ޑިވައިސްތަކުގެ ތެރޭގައި، އެޕަލް އައިފޯން، އެޕަލް ވޮޗް، އެންޑްރޮއިޑް ޑިވައިސްތަކުގެ އިތުރުން ޓެބްލެޓް ހިމެނެ އެވެ