ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް އީއެންވީ ޕޮސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްހިންގާ މަސައްކަތަށް ހޭދަކުރާނެ ކަމަށް ބޭންކުން ބުނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

ބީއެމްއެލް އިން ބުނީ، ޖުލައި 2025 އިން ފެށިގެން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ 1 މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑު ފަރުގެދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އީއެންވީ ޕޮސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވާނެ ކަމަށެވެ. އަދި މުއާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށ،ް އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ހަރަދަކާ ނުލައ،ި މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް އިތުރުވަމުން ދާނެ ކަމަށެވެ.

އީއެންވީ ޕޮސް ތައާރަފްކުރުމަށް ބީއެމްއެލް އިން ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ / ފޮޓޯ: ބީއެމްއެލް

"މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުއާމަލާތަކާއެކު ހިނގަމުންދާނެ ދިގުމުއްދަތުގެ ދެމެހެއްޓެނިވި މަސައްކަތެއް އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް ކޮންމެ ވިޔަފާރިއަކަށް އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން. އެއީ ކާބޯތަކެތިގަތުން ރެސްޓޯރަންޓަކަށް ފައިސާދެއްކުން، ނުވަތަ އެހެން ހިދުމަތަކަށް ފައިސާ ދެއްކުންކަމުގައިވިޔަސް ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހިޔާރުކުރެއްވުމަށް ދަންނަވަން" ޝަރީފް ވިދާޅުވިއެވެ.

އެންވީ ޕޮސް ޕްރޮގްރާމުގެ ފައިސާ ބޭނުންކުރާނީ އިތުބާރުހުރ،ި ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިފަދަ މަޝްރޫޢުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއ،ި ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި.މެނޭޖްކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލް އިން އަބަދުވެސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށްކުރާ މަސައްކަތްތަކުގައި އެހީތެރިވެދ،ޭ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ، އަދި އިގްތިސާދީ ތަރައްގީގައި ބައިވެރިވާ ބޭންކެއްގެ ގޮތުގައެވެ.