ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް އެއްމެ ބޮޑު ލެޑް ޕެނަލް އާއެކު ކުރިއަށް ގެންދާ ބޯޅަ ފޯރީގައި ފައިނަލް މެޗު ބެލުމަށް އަންނަ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް މިއަދު އިއުލާން ކޮށްފައެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނާއި މީޑިއާ ނެޓާއި ގުޅިގެން މެޗް ބަލަން އަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލެގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނު ވަނީ ބަހައްޓާފައެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.