ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހަ ބުރި އަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އަށް ބުރި އަށް އިމާރާތްކުރެވޭ ގޮތް ހަދައިފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު، ވިޔަފާރިތަކަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ގާއިމްކުރުމަށްޓަކައި، ހުޅުމާލެ އިންޑަސްޓްރިއަ؛ް ޒޯނުގައި މިހާރު ކަނޑައަޅާފައިވާ އިމާރާތްކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މީގެ ކުރިން ހަ ބުރި އަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން އަށް ބުރި އަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ބަދަލު ގެނައުމުގެ ބޭނުމަކީ، އެ ކޯޕަރޭޝަނުން ބުނި ގޮތުގައި:

  • އިންޑަސްޓްރިއަލް ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުން
  • ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކަށް ގިނަ ފުރުސަތު ފަހިކޮށްދިނުން
  • އިންޑަސްޓްރިއަލް ބޭނުންތަކަށް ކަނޑައަޅާފައިވާ ފްލޯ ސްޕޭސް އިތުރުކުރުން

މި ބަދަލުގެ ސަބަބުން، އިންޑަސްޓްރިއަލް ސަރަހައްދުގައި މިހާރު ހުރި އިމާރާތްތަކުގައި ހިދުމަތް ހޯދައި، ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.