ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ މެޗުގައި ސާބިއާއާއި ކެމެރޫންއިން 3-3 އިން އެއްވަރުވެއްޖެއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވި މި ދެޓީމު މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެމަރޫންއެވެ. އެޓީމުން މިލަނޑު ކާމިޔާބުކުރީ މެޗުގެ 29 ލިބުނު ކޯނަރަކުން ޖޯން ޖާލްސް ކޮސްޓަލޭޓޯއެވެ.
މެޗުގައި ދެން ޖެހި ތިން ލަނޑު ވެސް ޖެހީ ސާބިއާއިންނެވެ. މިގޮތުން ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ދިން ފުރަތަމަ މިނެޓްގައި ސާބިއާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައެވެ.
2-1 އިން ސާބިއާ ކުރީގައި އޮވެގެން ހާފް ނިމުނު އިރު ދެވަނަ ހާފްގައި ވެސް ފުރަތަމަ ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ ސާބިއާއިންނެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރުން ފޯވަޑް މިޓްރޮވިޗްއެވެ.
3-1 އަކުން މެޗު ނިންމާލައިގެން ސާބިއާއިން ތިއްބާ އެޓީމު ސިއްސުވާލީ ފުލުފުލުގައި ކެމަރޫންއިން ޖެހި ދެލަނޑުންނެވެ. ފުރަތަމަ ލަނޑު ޖެހީ ވިންސަންޓް އަބޫބަކުރެވެ.
އޭނާ ވަނީ އޭނގެ ދެތިން މިނެޓް ފަހުން މޮޅު ހަމަލާއެއް އުފައްދާ ކެމަރޫންގެ ލީޑު ފުޅާކޮށްދީފައެވެ. މި ހަމަލާ ލަނޑަކަށް ހަދާ ދިނީ އެރިކް މެކްސިމް ޗުޕޯމޯޓިންއެވެ.
މިމެޗު 3-3 އިން އެއްވަރުވުމުން ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައިވާ އިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އަދި އެބައޮތެވެ.