ދުނިޔޭގެ އެތަން މިތަނުން ގިނަ ސެލެބްރިޓީން ކާންދާ ތުރުކީގެ މަޝްހޫރު ކައްކާ ސޯލްޓް ބޭ (ނުސްރަތް ގޯޗޭ) ވޯލްޑްކަޕް ނިންމި މެޗްގައި އާޖެންޓީނާގެ ޓީމާއެކު ވޯލްޑްކަޕް ތަށީގައި ބޮސްދީ އަތްލައި ހެދި މައްސަލައިގައި ޔޫއެސް އޯޕަން އަށް އޭނާއަށް ނުވަދެވޭނެ ކަމަށް އެ ކަޕްގެ އޮފިޝަލުން ބުނެފިއެވެ.

އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ އެންމެ ވޭފަރިޓް ޝެފް ނުވަތަ ކައްކާ، ސޯލްޓް ބަޭ ވަނީ ގަތަރު ވޯލްޑްކަޕްގައި އާޖެންޓީނައަށް ތަށި ލިބި ޓީމުން ދަނޑުމަތީގައި އުފާފާޅު ކުރި ވަގުތު ދަނޑަށް އަރާ ޓީމާއެކު ހަރަކާތްތެރި ވެފައެވެ.

ވޯލްޑްކަޕް ތައްޓަކީ ޗެމްޕިއަން ޓީމާއި، ހޮވާލެވޭ މަދުބަޔަކަށް ނޫނީ އަތްލަން ނުދޭ އެއްޗަކަށް ވާ އިރު މަސް ކަނޑާ ކައްކާ އެއަށް ލޮނުއަޅާ މީހަކަށް ތަށީފައި އަތްލަން ދިނުމުން ފީފާ އަށާއި އާޖެންޓީނާގެ ޓިމަށްވެސް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފާޑުކިއި ފަރާތްތަކުން ބުނީ، ސޯލްޓް ބޭ އަކީ ރެސްޓޯރަންޓްގައި ޓާކީ ކަނޑާ ކައްކައިގެން އެއަށް ލޮނު އަޅަން ހުންނަ މަސް ކަނޑާ އެއް ކަމަށާއި އޭނާ ވޯލްޑްކަޕާއެކު ކުރަނީ ކީއްކަމެއް ނޭނގުނު ކަމަށެވެ. އަދި ފީފާއިން އޭނާއަށް އެފުރުސަތު ދޭން ޖެހުނު ސަބަބަކީ ކޮބައިތޯވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ސޯލްޓް ބޭ އަޅައިގެން ހުންނަ ލޯ ވައްކުރި ސިގްނޭޗާ އައިނުގައި ކޯޓު ފަޓުލޫނާއެކު ދަނޑުމަތީގައި އޭނާ ވަނީ އާޖެންޓީނާގެ ކުޅުންތެރިން ތަށި ހިފައިގެން ހުރި އިރު، އޭނާގެ ސިގްނޭޗާ ލޮނު އެޅުމުގެ އާޓު ހަރަކާތުން ދައްކާލާފައެވެ. އަދި މެސީފަދަ ކުޅުންތެރިންނާއެކު އޭނާ ވަނީ ސެލްފީ ނަގާ އާންމުކޮށްފައެވެ.

މި ކަމަށް ކުރިމަތިވި ގިނަ ފާޑުކިޔުންތަކާއެކު އެމެރިކާގައި އޮންނަ ޔޫއެސް އޯޕަން އަށް އޭނާ ނުވައްދަން ނިންމާ އެ ފެޑެރޭޝަނުން ބުނީ، ކައިރި މުސްތަގުބަލެއްގައި އޭނާ އަށް އެ މުބާރަތުގެ ފައިނަލަށް ނުވަދެވޭނެ ކަމަށެވެ.