އެއްޖިންސުން ގުޅުން ހިންގުމާއި، ހިލޭ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުގެ އިތުރުން ވައްކަމުގެ މައްސަލަތަކެއްގައި ހިމެނޭ 12 މީހެއްގެ ގައިގައި އަގްފާނިސްތާނުގައި ހައްދު ޖަހައިފިއެވެ.
އެތައްހާސް ބައެއްގެ ކުރިމަތީގައި ފުޓްބޯޅަ ދަނޑަކަށް އެންމެން އެއްކޮށް ހައްދު ޖެހި އިރު އޭގެ ތެރޭގައި 3 އަންހެނުންވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.
މިއީ މި މަސްތެރޭގައި ހައްދު ޖެހި 2 ވަނަ ފަހަރު ކަމަށް ހަބަރުތައް ބުނާ އިރު، މިއީ 1990 ގެ ކުރިން އޮތް ހަރުކަށި ތޯލިބާންގެ ސިފަތަކަށް ރުޖޫއަވުން ކަމަށް ހުޅަނގުން ވަނީ ސިފަކޮށްފައެވެ.
ހައްދު ޖެހުން ކުރިއަށް ގެންދިޔަ ލޮގާރު ސަރަހައްދުގެ ތޯލިބާން ތަރުޖަމާން އޮމަރު މަންސޫރު މުޖާހިދު ވިދާޅުވީ، ހައްދު ޖެހުމަށް ފަހު 3 އަންހެނުން ދޫކޮށްލާފައި ވާ ކަމަށާއި ނަމަވެސް ފިރިހެނުން ލީ ޖަލަށް ކަމަށެވެ.
ހައްދު ޖެހުމުން ނުވަތަ ދުއްރައިން ތެޅުމުގައި މިއިން ކޮންމެ މީހެއްގެ ގައިގާ 21 ފަހަރާއި 39 ފަހަރާ ދެމެދުގެ އަދަދަކަށް ތަޅާފައި ވެއެވެ. 39 އެތިފަހަރަކީ މީހެއްގެ ގައިގާ އެންމެ ގިނައިން ތެޅޭނެ އަދަދުކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
މިމަހު ހައްދު ޖެހުން ކުރިއަށް ގެންދިޔަ ދެވަނަ ތަނަކީ ތަހާޕް ޕްރޮވިންސް ކަމަށާއި އެ ބުރުގައި 19 މީހެއްގެ ގައިގާ ހައްދު ޖެހިކަމަށް ބުނެއެވެ.
ލޮގާރް ޕްރޮވިސްގައި ހައްދު ޖެހުން ކުރިއަށް ގެންގޮސްފައި މިވަނީ ތޯލިބާނުންގެ ރޫހީ ލީޑަރު ހިބަތުއްލޯ އަހުންދުޒާދާ އެކަމަށް އަމުުރު ކުރެއްވުމުންނެވެ.
އިސްލާމްދީނުގައި ވަކި ބާވަތްތަކެއްގެ ކުށްތައް ކުރުމުން ހައްދު ޖަހައެވެ. އަފްޣާނިސްތާނުގެ ތޯލިބާނުންނަކީ މުސްލިމް ހަރުކަށި އުސޫލުތައް ތަންފީޒު ކުރާ ޖަމާއަތެކެވެ. މިހާރު އަގްފާނިސްތާނުގެ ވެރިކަމުގައި ތިބީ ތޯލިބާނުންނެވެ.
އެމީހުން 1996 އިން 2001 އާ ދެމެދު އަފްގާނިސްތާނުގައި ވެރިކަން ކުރި އިރުވެސް ކާބުލްގެ ނެޝަނަލް ސްޓޭޑިއަމްގައި ހައްދުޖެހުން ކުރިއަށް ގެންދިޔައެވެ. ނަމަވެސް އަލުން ވެރިކަން ލިބުމާއެކު އެފަދަ ހަރުކަށި އަމަލުތައް ހާއްސަކޮށް އަންހެނުންނާ މެދު ނިހިންގާނެ ކަމަށް ބުނެފައި ވެއެވެ.
ހަބަރު ލިޔާމީހުން ޖެހޭނީ ފިއްތާލަން