އަފްގާނިސްތާނުގެ ހީރަތަށް ބިންހެލުމެއް އައިސް 15 މީހަކު މަރުވެ 78 މީހުން ޒަހަމްވެއްޖެއެވެ.
ރިކްޓާ މިންގަނޑުން 6.3 ގެ ޝާރު މިނުގައި އައި މި ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓި ގިނަ ބަޔަކު ތާށިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ހީރަތުގެ ރައްޔިތަކު އޭއެފްޕީއަށް މައުމޫމާތު ދެމުން ބުނީ, ބިން ހެނުމާއެކު އެމީހުން ތިބި އިމާރާތް ހެލިގަން ކަމަށާއި ފާރުތަކުގައި އަޅުޥާފައި ހުރި ޕޯސްޓަރުތައް ވެއްޓުމުގެ އިތުރުން ވާރުގައި ރެނދުލައި ބައެއް ބައިތައް ވެއްޓިފައި ވާ ކަމަށެވެ.
ބައެއް ދަރިވަރުން ބުނީ, އެމީހުންނަށް ބިންހެލުމުގެ ލޮޅުމުގެ އިހުސާސް ވުމުން ހީވީ ބިންގަނޑު ފައިދަށުން ދަމައިގެންހެން ކަމަށާއި އެފަދަ އިހުސާސެއް މީގެ ކުރިން ކުރެވިފައި ނުވާ ކަމަށެވެ.
1.9 މިލިއަން މީހުން ދިރިއުޅޭ ހީރަތަކީ, އީރާނާ އިންވެގެން އެންމެ ކައިރިއަށް އޮންނަ އަފްގާނިސްތާނުގެ ގަދީމީ ވެރިރަށެވެ.
އަފްގާނިސްތާނަށް އާންމު ކޮށް ބިންހެލުން އަންނަ އިރު އެ ހެލުންތައް އެންމެ ގިނައީ, ޔޫރޭޝިއަން ޖަންގްޝަނާއި އިންޑިއަން ޓެކްނޯޓިކް ޕެލޭޓް ގުޅޭ ހިސާބުގައި ހުންނަ ހިންދޫ ކުޝް ފަރުބަދަތައް ހުންނަ ސަރަހައްދުގައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޕަކްޓިކާ ސަރަހައްދަށް ރިކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 1000 މީހަކު ވަނީ މަރުވެފައެވެ.