ރިސޯޓްތަކާއި ކެފޭ، ރެސްޓޯރަންޓް، އޮފީސް އަދި ގޭގޭގައި ބޭނުން ކުރާ ކެފިޓަލީ ބްރޭންޑްގެ ކޮފީ އިން "ބައި 3 ގެޓް 1 ފްރީ" ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް އެންޑް ހޮޓެލް ސަޕްލަޔާ، އެސްޓްރަބޮން އިން ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަން އާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެ ފިހާރައިގެ އޮފިޝަލަކު ބުނީ، ކެފިޓަލީ ނެސްޕްރެސޯ ބްރޭންޑްގެ މެޝިނަށް ހާއްސާ ކެޕްސޫލް ޕްރޮމޯޝަންގައި 10 ކެޕްސޫލް ހިމެނޭ 3 ޕެކެޓް ގަތުމުން 10 ކެޕްސޫލްގެ 1 ޕެކެޓް (ފޮށި) ހިލޭ ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކަމަށް ވިޔަސް ސްޓޮކް ހުސްވުމުން ހުއްޓާލާނެ ކަމަށް ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ވިއްކާ ކެޕްސޫލްތަކަކީ:

  • ޑެކާ، ނެސްޕްރެސޯ ކޮމްޕެޓިބަލް
  • ޗޮކްލާޓޯ
  • ކަޕަޗިނޯ އެންޑް ޗޮކްލެޓް ފްލޭވާ ޕައުޑާ

މި ކެޕްސޫލްތަކުގެ ކޮންމެ ފޮއްޓެއްގައި 10 ކެޕްސޫލް ހިމެނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ބައި 3 ގެޓް 1 ފްރީ ޕްރޮމޯޝަންގެ ދަށުން 1 ޕެކްޓް ހިލޭ ލިބޭ އިރު 3 ޕެކެޓްގެ އަގަކީ 155 ރުފިޔާއެވެ.

އެސްޓްރަބޮންގެ މި ހާއްސަ ސޭލް ކުރިއަށް ގެންދާ އިރު، ކެފިޓަލީ ބްރޭންޑްގެ ތަފާތު ކޮފީ މެޝިންތަކާއި ތަފާތު ކޮފީވެސް އެސްޓްރަބޮން އިން ވިއްކައެވެ. މިއީ ބޭރު ތެރެއިން ކޮފީއަށް ކުރާ ބޭކާރު ހަރަދު ބޮޑުތަނުން ކުޑަކޮށްކުމަށް، އަމިއްލަ ޖާގައިގައި އަމިއްލަ ވަގުތުގައި ތާޒާކަމާއި ހިތް ހަމަޖެހުމާއެކު ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު ކޮފީއެކެވެ.