ހޮސްޕިޓާލިޓީ އިންޑަސްޓްރީ އާ ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި އެސްޓްރަބޮން އިން އެ ކުންފުނީގެ ބްރޭންޑްތައް ދައްކާލުމަށް ބާއްވާ އެސްޓްރަބޮން އެކްސްޕޯ 2023 ފަށައިގެން ކުރިއަށް އެބަދެއެވެ.

މަންހަޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށް ދާ މި އެކްސްޕޯ އިފްތިތާހް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމްއެވެ.

އެސްޓްރަބޮން އިން ބުނީ، މި އެކްސްޕޯއަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ ވިޔަފާރީގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށާއި އިނޮވޭޝަނާއި ނެޓްވޯކިން އަދި ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިވެގެން ދާނެ ޕްލެޓްފޯމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މި އެކްސްޕޯ އަކީ އެ ކުންފުނީގެ އަގު ވަޒަންކޮށްދޭ އެކްސްޕޯއެއް ކަމަށާއި މި އިވެންޓަކީ ޓްރޭޑް ޝޯއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ ހަރަކާތެއް ކަމުން އެ ކުންފުނިން ވިއްކާ ރިސޯޓް ސަޕްލައި އާއި އެފްއެންޑްބީ ޕްރޮޑަކްޓްތަކުގެ ތަފްސީލް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. މި އެކްސްޕޯގެ ޒަރީއާއިން ބީ2ބީ އަދި ބީ2ސީ ދާއިރާއަށް ގުޅުން ބަދަހިކުރުމުގެ މަގްސަދުވެސް ހާސިލް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެކްސްޕޯއަށް ބައެއް ފަރާތްތަކުން ޒިޔާރަތް ކޮށް ތަކެތި ބަލާލަނީ / ފޮޓޯ: އައިއެމްޓީއެމް

ކޮންމެ އަހަރަކު ބާއްވާ ޓްރޭޑް ޝޯއެއްގެ ގޮތުގައި ބާއްވާ އެސްޓްރަބޮން އެކްސްޕޯއަކީ ދުނިޔޭގެ ބްރޭންޑްތަކުގެ އެސްޓްރަބޮންގެ ޕޯޓްފޯލިއޯގެ ތެރޭގައި ހިމެނޭ ޕްރޮޑަކްޓްތަކުގެ ފުޅާ ރޭންޖް ދައްކާލާ އެކްސްޕޯއެކެވެ. ފަންސާހަށްވުރެ ގިނަ އެކި ސަޕްލަޔަރުން ހިމެނޭ އެސްޓްރަބޮންގެ ބްރޭންޑްތަކުގެ ކެޓަގަރީތަކުގެ ތެރޭގައި ކެފިޓަލީ (އިޓަލީ)، ބެވަރޭޖަސް އަދި ކިޗަންވެއާ ސެކްޝަން ހިމެނެއެވެ. އޭގެތެރޭގައި ޕުޖާދާސް (ސްޕެއިން)، ގީސާ (ޖަރުމަނު)، އަރަވެން (ސްޕެއިން)، ގެސްޓްރޯޕްލާސްޓް (ތުރުކީ)، ބެރްޖާޔާ (މެލޭޝިއާ)، އޮޒްޓީ (ތުރުކީ)، ޕަވޯނީ އިޓާލިއާ (އިޓަލީ)، ސަންޓޯސް (ފްރާންސް)، ބާޝާ (ޖަރުމަނު). ޓޭބަލްވެއާ ސެކްޝަންގައި ބާޓަފް (އޮސްޓްރޭލިއާ)، ވިކްރިލާ (ސްޕެއިން)، ރެކް ޕޯސެލައިން (ޔޫއޭއީ)، ޖޭ ކަޓްލަރީ (ސްޕެއިން)، އެތީނާ (ޔޫކޭ) ފަދަ ބްރޭންޑްތައް ހިމެނެއެވެ.

އެކްސްޕޯއަށް ބައެއް ފަރާތްތަކުން ޒިޔާރަތް ކޮށް ތަކެތި ބަލާލަނީ / ފޮޓޯ: އައިއެމްޓީއެމް

މި ރަސްމިއްޔާތުގައި އެސްޓްރަބޮންގެ އެންމެ އިސް ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ސިޔާމް ވޯލްޑް، ސިނަމަން ދޮންވެލި މޯލްޑިވްސް އަދި ކްލަބް މެޑް ކާނި އަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެސްޓްރަބޮން އިން ވަނީ މި ފެއާގައި ބައިވެރިވެ، ރާއްޖޭގެ ހޮސްޕިޓާލިޓީ ލޭންޑްސްކޭޕަށް އުޖާލާ މުސްތަގުބަލެއް ގެނައުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށް، ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ދައުވަތު ދީފައެވެ.

އެސްޓްރަބޮން އެކްސްޕޯ 2023 އަކީ ރާއްޖޭގައި ހިންގާ މާކެޓިން، އިވެންޓްސް އެންޑް ޓްރޭޑް ކުންފުންޏެއް ކަމަށްވާ އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމު ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ މިއަދު ހަވީރު 5 އަށް ކުރިއަށް ދާނެއެވެ.