ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރިސޯޓު އިންޑަސްޓްރީގައި ނަން މަޝްހޫރު އެސްޓްރަބޮން އިން ވިއްކާ ތަކެތިން ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.
އެސްޓަރްބޮން އިން ބުނީ، އެ ތަނުން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް، ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޯކިޑްމަގު، މ. ނޫރާނީއާގޭގައި ހުންނަ މި ފިހާރަ ރޯދަ މަހަށް ހާއްސަކޮށް ހުޅުވާފަ ހުންނަ ގަޑި އިތުރު ކޮށްފައިވާ ކަމަށާއި އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:30 އަށް ހުޅުވާފައި ހުންނާނެވެ. މި ބަދަލު ގެނައީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އަދި މިއީ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމަށް ލުއި ފަސޭހަ ގޮަތްތަކެއް ހޯދާދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެސްޓްރަބޮން އިން ބުނެއެވެ.
އެސްޓްރަބޮން އިން ތަކެތި ގަނެ ހަދަން ފިހާރައަށް ޒިޔާރަތް ކޮށްގެންވެސް އަދި އޮންލައިންކޮށް އެސްޓްރަބޮން ސައިޓް މެދުވެރިކޮށްވެސް ބޭނުންވާ ތަކެތި ގަނެވޭނެ ކަމަށް އެފަރާތުން ބުނެއެވެ. އަދި ގަންނަ ތަކެތި ޑެލިވާ ކޮށްދޭނެ ކަމަށް ވެސް ބުނެއެވެ.
އިތުރު މައުލޫމާތު ބޭނުންވާ ނަމަ 3008060 އަށް ގުޅުމަށް އެސްޓްރަބޮން އިން އެދެއެވެ.
ރިސޯޓު އިންޑަސްޓްރީގައި ވިޔަފާރި ކުރުމުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އެސްޓްރަބޮން އިން ފަތުރުވެރިކަމުގެ ހިދުމަތާ ގުޅުން ހުރި 95 ޕަސެންޓް ތަންތަނަށް މުދާ ސަޕްލައި ކޮށްދެއެވެ. އެސްޓްރަބޮންގެ ކަސްޓަމަރުންގެ ތެރޭގައި މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި ހޮޓާތައް ހިމެނެއެވެ. އެސްޓްރަބޮން އިން ރިސޯޓުތަކާއި ބަދިގެތަކާއި ރެސްޓޯރަންޓުތަކަށް ބޭނުންވާ ޕިއްޒާ މެޝިނާއި، މިނީ ފްރިޖުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފަދަ މުހިންމު އެތައް އެއްޗެއްސެއް ލިބެން ހުރެއެވެ.
މީގެ އިތުރުން ބެޑްރޫމާއި ފާހާނާ ފަދަ ތަންތަނަށް ބޭނުންވާ ލިނެން ތުވާއްޔާއި، ބެޑްޝީޓާއި ބާލީސް އުރަފަދަ ތަކެއްޗާއި، ފެން ބޯން ބޭނުން ކުރާ ތަށިން ފެށިގެން ޖޫސް، ޑްރިންކްސް ފަދަ ބުއިންތައް އަޅާ ކޮލިޓީ ބިއްލޫރި ތައްޓާއި، ބުފޭ އައިޓަމްތަކާއި، ވައްޓާލިޔަސް ތަޅައިގެން ނުދާ ތަށީގެ އިތުރުން ތަފާތު އެކި އެކި ބޭނުންތަކަށް ބޭނުން ކުރާ ވަޅިއާއި ކޮލިޓީ މޮޅު އަވަންތަކާއި ރީތި ކޮލިޓީ އުލާއި ސަމްސާ ލިބޭނެއެވެ. އަދި މޮޅު ކޮލިޓީ ދޮންނަ މެޝިނާއި އޭސީ ވެސް މިހާރު ލިބެން ހުރެއެވެ.