ރިސޯޓްތަކާއި ކެފޭ، ރެސްޓޯރަންޓް، އޮފީސް އަދި ގޭގޭގައި ބޭނުން ކުރާ ކެފިޓަލީ ބްރޭންޑްގެ ކޮފީ މެޝިންތަކަށާއި ނެސްޕްރެޝޯ މެޝިންތަކަށް ހާއްސަ ކެޕްސޫލް އާއި ކަޕްޗީނޯ ކޮފީ ކެޕްސޫލްގެ ހާއްސަ ސޭލް އެއް އެސްޓްރަބޮން އިން ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް އެންޑް ހޮޓެލް ސަޕްލަޔާ، އެސްޓްރަބޮން އިން ކުރިއަށް ގެންދާ މި ހާއްސަ ސޭލްގައި 10 ކެޕްސޫލް ހިމެނޭ ޕެކެޓެއް 40 ރުފިޔާ އަށް ލިބެއެވެ.

އެސްޓްރަބޮން އިން ކެފިޓަލީ ބްރޭންޑްގެ މެޝިންވެސް ވިއްކާ އިރު، އެ މެޝިންތަކަށް ހާއްސަ ކަޕްޗީނޯ ކޮފީ ކެޕްސޫލް އަކީ، ހެނދުނުގެ ސައި ގަޑި އާއި މެންދުރެ ބްރޭކް ގަޑީގެ އިތުރުން ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ރިފްރެޝް ކޮށްލަން އެފަދަ ދެވަނަ އެއް ނެތް، ޗޮކްލޭޓް ފްލޭވާގެ ކޮފީއެވެ.

ނެސްޕްރެސޯ ކޮފީ އިޝްތިހާރެއް

100 ގްރާމް ކެޕްސޫލެއްގެ ނިއުޓްރިއެންޓް މިންގަނޑުތައް؛

  • އެނާޖީ: 420 ކެލަރީ
  • ފެޓް: 11 ގްރާމް (ސެޗްރޭޓެޑް ފެޓް: 7.3 ގްރާމް)
  • ކާބޯހަޑްރޭޓްސް: 57 ގްރާމް (ހަކުރު: 55 ގްރާމް)
  • ޕްރޮޓީން: 23 ގްރާމް
  • ސޯލްޓް: 1 ގްރާމް

ނެސްޕްރެޝޯ ބްރޭންޑްގެ ހުރިހާ މެޝިނެއްގައި ބޭނުން ކުރެވޭ ކެފެއިން ނެހުންނަ އެސްޕްރެސޯ ކޮފީ އަކީ 70 ޕަސެންޓް އެރަބިކާ އަދި 30 ޕަސެންޓް ރޯބަސްޓާ ގެ މިންގަނޑަށް ހަދާފައިވާ ކޮފީއެކެވެ. އަނގަޔަށްވެސް މީރު، ހިތްހަމަ ޖެހުން ގެނެސްދޭ މި ކޮފީގެ ހާއްސަ ސޭލް ފެށިގެން ކުރިއަށް ދާއިރު، 10 ކެޕްސޫލް ހިމެނޭ ކެޕެޓް 40 ރުފިޔާ އަށް ލިބޭނީ ސްޓޮކް ހުސްވަންދެނެވެ.

އެސްޓްރަބޮން އިން މި 2 ބްރޭންޑްގެ ހާއްސަ ސޭލް ކުރިއަށް ގެންދާ އިރު، ކެފިޓަލީ ބްރޭންޑްގެ ތަފާތު ކޮފީ މެޝިންތަކާއި ތަފާތު ކޮފީވެސް ވިއްކައެވެ.

މިއީ ބޭރު ތެރެއިން ކޮފީއަށް ކުރާ ބޭކާރު ހަރަދު ބޮޑުތަނުން ކުޑަކޮށްލައި، އަމިއްލަ ޖާގައިގައި އަމިއްލަ ވަގުތުގައި ތާޒާކަމާއި ހިތް ހަމަޖެހުމާއެކު ބޯލަން އެފަދަ ދެވަނައެއް ނެތް ހާ މީރު ކޮފީއެކެވެ.