ޑެންގީ ފެތުރެމުންދާތީ ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑިސީން ބުނީ، ޑެންގީ ހުން ފެތުރުން ކޮންޓުރޯލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން އެޗްޑީސީން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި މަދިރި އާލާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކޮށްފައި ކަމަށް އެވްޑީސީން ވަނީ ބުނެފައެވެ.
މަދިރިން ޖެހޭ ޑެންގީ ހުމުގެ ނުރައްކާ ބޮޑުވަމުން ދާތީ ބަލިން ރައްކާތެރި ވުމަށާއި ގަދަ އަށް ހުން އައިސް ޑެންގީ ހުމުގެ އަލާމާތް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އިލްމާސް ކޮށްފައެވެ.
ހަމައެއާއެކު ސާފު ފެނުގައި އުފެދޭ އީޑީސް މަދިރިން ޖެހޭ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި މަދިރި ހެފުން މަދު ކުރުމަށް ސަމާލުވެ ރައްކާތެރުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރުން އެހެނިހެން ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި މަބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައެއް ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ޑެންގީ ހުމުގެ ނުރައްކާ ބޮޑެވެ.
ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމުގައި ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވަމުން އަންނަ އިރު، މި އަހަރަކީ ގިނައިން ވިއްސާރަ ކުރި އަހަރަަކަށް ވެފައި މިހާރު ވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ އިތުރުވުން ކުރިއަށް ތަނުގައި ގިންވާނެ ކަމަށް ބެލޭވެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.