ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން ޒުވާނުންގެ ދިސާގެ ނަމުގައި ހާއްސަ ކޭމްޕެއް ހުޅުމާލޭގައި ބޭއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކޭމްޕަގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. މި

ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިންކޮށް މި ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެވްޑީސީން ބުނެއެވެ. މި ކޭމޕް ކުރިއަށް ދާނީ އަންނަ މަހުގެ 16 އިން 20 އަށް ހުޅުމާލޭ ފަރުކޮޅުފުށި ކޮންފެރެންސް ހޯލުގައި ކަމަށާއި މި ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމް ހާއްސަ ކޮށްފައި ވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ.

އެޗްޑީސީގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.