"އިމޭޖިނިން އަ ސްމާޓް ސިޓީ" ސުރުހީ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތަކަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތަކަށް ހުޅުވާލީ ހުޅުމާލާއަށް އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތާއި ސްމާޓް ސިޓީ ސޮލިއުޝަންތައް ފޯރުކޮށް ދެމުން އަންނަތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ކަމަށެވެ. މި މުބާރާތުގައި ބައިވެރިވެވޭ އުމުރު ފުރާ އަކީ 6 އަހަރާއި 11 އަހަރާ ދެމެދު ކަމަށް އެޗްޑީސީން ބުނެއެވެ.

"އިމޭޖިން އަ ސްމާޓް ސިޓީ" މި ސުރުހީ ގެ ދަށުން ކުރެހުން ހުށަހަޅަން ހުޅުވާލާފައިވާ އިރު މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހު 2 ގެ ކުރިން ކަމަށް އެޗްޑީސީން ބުނެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ އެއް ކުރެހުން ކަމަށާއި އެ ކުރެހުމުގެ ކޮޕީއެއް އިންސްޓަގްރާމްގައި ހިއްސާކޮށް "ސްމާޓްކޮމް.އެމްވީ" ޓެގް ކުރުމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މުބާރާތުގައި އިނާމެއްގެ ގޮތުގައި 3000 ރުފިޔާގެ ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.