އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް މަދު ކުރުމުގެ އަމާޒާ އެކު ހުޅުމާލޭގައި އާންމު ބައެއް ސރަަހއްދުތަކުގައި ބޯފެން ލިބޭ ގޮތް ހަދަން ނިންމައިފިއެވެ.
އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ފެން ކުންފުނި އެމްޑަބްލިއުއެސްސީއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އާންމު ތަންތަނުގައި ބޯފެން ލިބޭނެ ގޮތް ހަމަޖެެއްސުމަށް އެމްޑަބްލިއުއެސްސީ އާ ވަނީ ހަވާލުކޮށްފައެވެ.
އެޗްޑީސީން ބުނީ، މިއީ އާންމު ތަންތަނުން ފަސޭހަ ކަމާއެކު ބޯފެން ލިބޭނެ ގޮތް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކް މަދުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކްގެ ތެރޭގައި މިނަރަލް ފެން ފުޅިގެ ތެރެއިން ވެސް ކުދިން ފެންފުޅިއަކީ އާނމުކޮށް ފެންނަ ބާވަތެކެވެ. އެ ބާވަތުގެ ކުނި މަދު ކުރުމަށް ހިންގާ މި މަޝްރޫއަކީ ގިނަ ބަޔަކަށް ބޯ ފެން ފަސޭހަކަމާ އެކު ލިބިގެން ދާނެ މަޝްރޫއެކެވެ.