އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ސުހައިލް އަހްމަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ޑިސެމްބަރު 30، 2018 ގައި އެ ކުންފުންޏާ ހަވާލުވެ ވަޑައިގަތް ސުހައިލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެހެންކަމުން އެޗްޑީސީގެ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސުހައިލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމް 2012 އިން 2015 އަށް ފުރުއްވާފައެވެ.
އެޗްޑީސީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ސުހައިލް ވަނީ އެ ކުންފުނީގެ އެމްޑީ ކަމުގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމާއި ޑިރެކްޓާ އޮފް ޕްލޭނިން އެންޑް އެސްޓޭޓްގެ މަގާމު ވެސް ފުރުއްވައިފައެވެ.
ސުހައިލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.