ހުޅުމާލޭގެ ގޮނޑުދޮށުން ނުރައްކާތެރި ޖެލީފިޝް ތަކެއް ފެންނަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ގޮނޑުދޮށުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށާއި އެހެންކަމުން އެ ސަރަހައްދަށާއި މޫދަށް ގޮސްއުޅޭ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ހުޅުމާލޭ ގޮނޑުދޮށުން ސަރަހައްދުން "ބްލޫ ބަޓަން ޖެލީފިޝް" އަދި "ބްލޫ ބޮޓަލް ޖެލީފިޝް" ފެނިފައިވާއިރު މިފަހަރުވެސް ފެނިފައިވަނީ އެ ދެ ބާވަތުގެ ޖެލީފިޝް ކަމަށް ބެލެވެއެވެ.

އެ ޖެލީފިޝް ތަކަކީ ކަށި ޖަހާ އެއްޗަކަށްވުމާއެކު އޭޣެ ސަބަބުން ބައެއް މީހުން އެލާޖިކްވެސްވެއެވެ.