އަށް މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު، އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިޔަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ކަސްޓަމްސް އިން ބުނީ، އިތިއޯޕިއާ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހިފަހައްޓާފައިވާ ކަމަށާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ 41 އަހަރުގެ އެ ދެ ފިރިހެނުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ދިރުވާލައިގެން ކަމަށެވެ.

މިދިޔަ މަހުގެ 28 ގައި ވައިގެ މަގުން ރާއްޖެއަށް އައި އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވަނީ، ކަސްޓަމްސް އިން ބުނި ގޮތުގައި، އެ މީހުންގެ އަމަލުތައް ހުރިގޮތުން، ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެންނެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރުމުން:

  • އެ ދެ މީހުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ވަނީ ފެނިފައި
  • އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކޮކެއިން" ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވޭ
  • ދެ މީހުންގެ ހަށިގަނޑުން ވެސް ޖުމްލަ 220 ބުލެޓް ވަނީ ނަގާފައި
  • ޕެކިން އާ އެކު 2.33 ކިލޯ އެ ތަކެތީގައިވޭ

އެ ތަކެތީގެ މަގުމަތީ އަގު 8.1 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ދެ މީހުން ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް، އެ ހިދުމަތުން ބުންޏެވެ.