ހުޅުމާލޭގައި ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެބައިންގެ ބަންދަށް 30 ދުވަސް ޖަހައިިފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މ. އަލިހަވާ، ރާއިފް ޔޫސުފް (28 އަހަރު) އަދި ރާއިގް ޔޫސުފް (28 އަހަރު) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހުޅުމާލެ ކޯޓުން އެ ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު ފުލުހުން ބުނީ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެހެނިހެން ބައެއް ތަކެތިކަމަށް ފެނިފައިވާ ކަމަށެެވެ.

މީގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި ވީޑް ގްރައިންޑަރަކާއި ވޭޕްތަކާއި ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.