ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާގެ ސިޓީ، ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް ފޮނުވިތާ ތިން ވަރަކަށް ގަޑިއިރު ފަހުން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ހަތަރު ފޮޅުވަތުގެ ކުރު ބަޔާނެއް ނެރެފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު 3 ހާއިރު އަސްކަރީ ފްލައިޓެއްގައި ވަޑައިގެންނެވި ގޮތަބަޔާގެ ދެކަނބަލުން ވަނީ އިއްޔެ ހެނދުނު ފުރި ސައުދިއާގެ ފްލައިޓަކުން ސިންގަޕޫރަށް ވަޑައިގެން، އެގައުމުގައި ހުންނަވައި، ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް އިސްތިއުފާގެ ސިޓީ އީމެއިލްކުރައްވައިފައެވެ.
ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތް ގޮތަބަޔާގެ ދެކަނބަލުންނަށް ހިމާޔަތް ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ، ދެ ގައުމުގެ ނުރުހުން ދިވެހި ސަރުކާރަށް އަމާޒުވި ނަމަވެސް، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ.
އެކަމަކު ރޭ ވަރަށް ލަސްވި ފަހުން ނެރުނު ހަތަރު ފޮޅުވަތުގެ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، ލަންކާގެ ސަރުކާރުގެ އެދުމުގެ މަތިން ގޮތަބަޔާގެ ދެކަނބަލުން ދަތުރުކުރެއްވި އަސްކަރީ ފްލައިޓް ވެލާނާ އެއާޕޯޓުގައި ޖެއްސުމަށް ޑިޕްލޮމަޓިކް ކްލިއަރެންސް ދީފައިވާނެ ކަމަށާއި، އޭނާ ސިންގަޕޫރަށް ފުރާވަޑައިގަތީ އިއްޔެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ފޮރިން މިނިސްޓްރީން ރޭ ބަޔާނެއް ނެރެފައިވާއިރު، ގޮތަބަޔާ ރާއްޖެއަށް ގެނައުމުގައި މެދުވެރިއަކަށްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ނިންމުން ދިފާއުކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ލަންކާގައި ހުންނެވި ނަމަ، ފުރާނަފުޅަށް ނުރައްކާވެދާނެތީވެ ގޮތަބަޔާ އިސްތިއުފާ ނުދެއްވީސް ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމަކީ ދުރުވިސްނޭ ނިންމުމެއްގެ ގޮތުގައި ނަޝީދު ސިފަ ކުރައްވައިފައެވެ.
އެ ޓްވީޓާ ގުޅިގެން ދެ ގައުމުގެ ގިނަ ބަޔަކު ނަޝީދަށް އަންނަނީ ފާޑުކިޔަމުންނެވެ.
ސަރުކާރު ޖެހޭނެ މިކަމުގައި އިސްތިއުފާ ދޭން ގޮޓާބެޔާ އަށް ޕްރައިވެޓް ޖެޓް ވެސް ހަމަޖައްސާ ދިނީ އިންޑިއާ އެމްބަސީ ބުނެގެން ސީދާ ދިވެހި ސަރުކާރުގެ ބަޖެޓުންނޭ ދެން އެކަން މަތި ފޮރުވާނީ ޗާރޓް ކުރަހައިގެން ޗާރޓް ވިއްކައިގެން ލިބުނު ފައިސާއޭ ކިޔާ ބޮޑެތި ވައްކަން ތަކުގެ ތެރޭންނޭ މިސަރުކާރުން ރައްޔިތުން ގޮހޮރަށް އަތްބާނާ ގޮހޮރުވެސް ދަމައިގަންނަނީ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ޕެޑުން ޓެކްސް ފްރީކޮށްފައި ކޮންޑަމް އިން ޓެކްސް ފްރީ ނުކޮށް ރައްޔިތުން ފެލަނީއޭ
ކެނެރީގެ ނަޝީދު އިސްތިއުފާ ސަރުކާރު އިސްތިއުފާ ކެބިނެޓް އިސްތިއުފާ އިސްތިއުފާއޭ ތަމެން އިސްތިއުފާއޭ