ވިނަރެސް ފްލެޓް ބަލަން ދާއިރު އެޗްޑީސީގެ ޕޯޓަލްގައި ރަޖިސްޓާ ވެފައިވޭތޯ ޔަގީން ކުރުމަށް އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން އަންނަ ވިނަރެސް ފްލެޓް އެޕާޓްމަންޓް ދެއްކުން މިހަފްތާއިން ފެށިގެން ކުރިއަށް ދާ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާތީ ފްލެޓް ބެލަން ވަދެވޭނީ ވަކި އަދެދެއްގެ މީހުންނަށް ކަމަށާއި އެޕާޓްމަންޓް ބެލުމަށް އަދާނަ ކޮންމެ މީހަކު ވެސް ރަޖިސްޓާ ވެފައިވޭތޯ ޔަގީން ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

"ވިނަރެސް" އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސެޝަންތަކާއި މޭކްއަޕް އެޕާޓްމަންޓް ދެއްކުމަސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަދިވެސް އޮތް އިރު، ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްތައް މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

"ވިނަރެސް" މޭކްއަޕް އެޕާޓްމަންޓް ބެލުމަށް މި ލިންކުން ރަޖިސްޓާ ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 ނުވަތަ 3353535 އަށް ގުޅުމަށް އެޗްޑީސީން ބުނެއެވެ.

މީގެ ކުރިން ވިނަރެސް މަޝްރޫއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ މިދިޔަ އޮކްޓޯބަރުގެ 19 އިން ފެށިގެން އެމަހުގެ 28 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގައި ބައެއް ފަރާތްތަކަށް ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުން ދާތީ އަލުން އެ ފުރުސަތު ވަނީ މިދިޔަ ޑިސެމްބަރު މަހު ހުޅުވާލާފައެވެ.