އެޗްޑީސީ ހިންގަން ތިބި އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ލީޑަރުން ހުނަރުވެރިކުރުވުމަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނީ ލީޑާޝިފް ސީރީސްގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މަގްސަދަކީ މުސްތަގުބަލުގައި މުވައްޒަފުން ކުންފުނީގެ ލީޑަރުންނަށް ވުމަށް ބާރުއަޅާ ތަމްރީން ކޮށްދިނުން ކަމަށެވެ. އަދި މިހާރު ލީޑަރުންގެ ލީޑާޝިފްގެ ގާބިލުކަން ދެނެގަތުމަށްފަހު މަދުވަނީ ކޮން ހުނަރުތަކެއްކަން ބަލާ ލީޑާޝިޕް ކެޕޭ ސިޓީ ތަރައްގީކުރުމަށް އިތުރު ތަމްރީނުތަކެއް ދެވިގެންދާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ އެ ޕްރޮގްރާމް ބޭއްވުމަށްޓަކައި އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންނާއިއެކު ފޯކަސް ގްރޫޕް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ލީޑަރުންގެ ފަރާތުން ކުރެވޭ އުއްމީދުތައް ދެނެގަނެވިފައި ކަމަށެވެ.
އެ ޕްރޮގްރާމްގައި 120 މުވައްޒަފުން ބައިވެރިވާނެ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށްގެންދާނީ 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އިސް މަގާމުތަކުގައި ތިބި ލީޑަރުންނަށް އިތުރު ތަމްރީނުތައް ލިބި މުސްތަގްބަލުގައި މުވައްޒަފުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ކުންފުނިން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.