ރާއްޖޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށި ފަހުން ކޭސްތައް އިތުރުވެ އަނެއްކާވެސް ކޮވިޑް ބަލި ކޮންޓްރޯލެއް ނެތި ފެތުރުން އިތުރުވެ، ރަށަކަށް ފަހު ރަށެއް މޮނިޓަރިންގެ ހާލަތަށް ލައި މިހާރު ޖުމްލަ 27 ރަށެއް މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ލ. ފޮނަދޫ މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފައިވާ އިރު މިހާރު މޮނިޓަރީންގެ ހާލަތުގައި އޮތް ރަށްރަށް 40 އަށް އަރާފައިވާ ކަމަށެވެ.
ފެބްރުއަރީ މަހު މޮނިޓަރިންއަށް ލާފައިވާ ރަށްރަށް:
- 1 ފެބްރުއަރީ: ހދ. ވައިކަރަދޫ
- 4 ފެބްރުއަރީ: ނ. ހޮޅުދޫ
- 5 ފެބްރުއަރީ: ތ. ވިލުފުށި، ގދ. ފިޔޯރި، ރ. އަލިފުށި
- 6 ފެބްރުއަރީ: ލ. ފޮނަދޫ
މިއަދު ލ ފޮނަދޫއަކީ މި މަހު މޮނިޓަރިން ހާލަތަށް ލީ 7 ވަނަ ރަށެވެ. އެހެންކަމުން މި ވަގުތު މޮނިޓަރީންގެ ހާލަތުގައި އޮތް 31 ރަށަކީ މިދިޔަ ޖެނުއަރީ މަހު މޮނިޓަރީންއަށް ލީ ތަށްތަށެެ، އަދި 2 ރަށަކީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރީންއަށް ލީ ރަށްރަށެވެ.
ޖެނުއަރީ މަހު މޮނިޓަރިން ހާލަތަށް ލާފައިވާ ރަށްރަށް:
- 9 ޖެނުއަރީ: ހދ. ނޮޅިވަރަމްފަރު
- 14 ޖެނުއަރީ: ށ. ފުނަދޫ، ލ. ގަން
- 16 ޖެނުއަރީ: ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ
- 19 ޖެނުއަރީ: ކ. ގުރައިދޫ، ބ. އޭދަފުށި
- 20 ޖެނުއަރީ: ހއ. ދިއްދޫ
- 21 ޖެނުއަރީ: ތ. ގުރައިދޫ
- 22 ޖެނުއަރީ: ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމް، ވ. ކެޔޮދޫ
- 23 ޖެނުއަރީ: ނ. ކުޑަފަރި
- 24 ޖެނުއަރީ: ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި
- 25 ޖެނުއަރީ: ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި
- 27 ޖެނުއަރީ: ނ. މާޅެންދޫ
- 28 ޖެނުއަރީ: ބ. ކެންދޫ
- 29 ޖެނުއަރީ: ރ. ކިނޮޅަސް
- 30 ޖެނުއަރީ: ބ. ތުޅާދޫ
- 31 ޖެނުއަރީ: ރ. އިނގުރައިދޫ
40 ރަށެއް މޮނިޓަރިން ހާލަތުގައި އޮތް އިރު، ގިނަ އަދަދެއްގެ ރައްޔިތުން ފަރުވާ ހޯދުމަށް ދާ އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލް ހުންނަ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ގދ. ތިނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ށ. ފުނަދޫ، ލ. ގަން، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ މި ލިސްޓުގައި ހިމެނެއެވެ.
މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު 40 އަށް އަރާފައިވީ ނަމަވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރި ސްކޫލްތައް ބަންދުކޮށް ކިޔަވައިދޭނެ ޓީޗަރެއް ނެތް ރަށްރަށް ވެސް މޮނިޓަރިންގެ ހާލަތަށް ނުގެނެސް އަދި އެބައޮތެވެ. މި ވަގުތު ކޭސްތައް އިތުުރުވަމުން އަންނަ މިންވަރަށް ބަލާއިރު އަތޮޅުތެރޭގެ ރަށްރަށުން ރިޕޯތް ކުރާ ކޭސްތައް އަންނަނީ 900 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ.