ދިރާގުން އަމިއްލަ ޕޯސްޓްޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް "ސަޅި ޑެއިލީ ޑޭޓާ" ބަންޑަލްސް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ތައާރަފް ކުރި މި ޑޭޓާ ޕެކްގެ ދަށުން ކޮންމެ ދުވަހަކު ވެސް ހިދުމަތުގެ ފަސޭހަތަކެއް ލިބި ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބިގެންދާނެ ކަމަށެވެ.

ބޮޑު ޑޭޓާ ޕެކްތަކެއް ލިބޭ ގޮތަށް ތައާރަފްކުރި މި ބަންޑަލްތަކުގައި "ސަޅި 90"، "ސަޅި 150" އަދި "ސަޅި 210" ހިމެނެ އެވެ. އަދި އެއް ފަހަރުން ދިރާގު އެޕް މެދުވެރިކޮށް މި އެޑް-އޮން ބަންޑަލްތައް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އެގޮތުން "ސަޅި 90" ބަންޑަލްގެ ދަށުން 60 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް އެއް ޖީބީ ވެސް ލިބޭނެ އެވެ. އަދި "ސަޅި 150" ބަންޑަލްގެ ދަށުން 90 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ދެ ޖީބީ ވެސް ލިބޭނެ އެވެ. މީގެ އިތުރުން "ސަޅި 210" ބަންޑަލްގެ ދަށުން 120 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ތިން ޖީބީ ވެސް ލިބޭނެ އެވެ

"ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ޑިވެލޮޕްކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް އިތުރު އަގުހުރި އަދި އޮޕްޝަންތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން. އަމިއްލަ ޕޯސްޓްޕެއިޑް އަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕްލޭންތައް ކަސްޓަމައިޒް ކޮށްލެވޭނެ ވަރަށް ތަފާތު ޕޯސްޓްޕެއިޑް ކޮންސެޕްޓެއް"
ދިރާގުގެ މެނޭޖަރު ކޮންސިއުމަ ޕޯސްޓްޕެއިޑް އެފްބީބީ ޖަނާ އިބްރާހިމް

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަޅި ޑެއިލީ ޑޭޓާ އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.