ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ތިން ސްކޫލަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސްމާޓް ޓީވީ ހަދިޔާ ކޮށްފިއެވެ.

އެޗްޑީސީން ބުނީ، ރެހެންދި ސްކޫލާއި، ގާޒީ ސްކޫލާއި އަދި ހުރަވީ ސްކޫލަށް ސްމާޓް ޓީވީ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކަމަށާއި މިއީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ސްކޫލްތަކަށް ކުރި ހަދިޔާއެއް ކަމަށެވެ.

ހުޅުމާާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީގެ ގޮތުގައި ގާއިމުކުރާ އެއް ސިޓީ އަށް ވެފައި، ކުޑައިރުން ފެށިގެން ސްމާޓް ލާނިންއަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްމާޓް ޓީވީ އެ ސްކޫލްތަކަށް ހަދިޔާ ކުރުމަކީ އެޗްޑީސީއަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ސިފަ ކުރެއެވެ. އެޗްޑީސީން ގަބޫލު ކުރަނީ މިއަދުގެ ދަރިވަރުންނަކީ މާދަމާގެ ލީޑަރުން ކަމަށް ބުނެއެވެ.

އެޗްޑީސީން ސްމާޓް ޓީވީ ހަދިޔާ ކުރި އިރު، އެ ކޯޕަރޭޝަނުން މި ދިޔަ މަހުތެރޭ ވަނީ އެޗްޑީސީގެ ސްމާޓް ޓީވީ ބްރޭންޑް ކަމަށްވާ "ސްމާޓްކޮމް" ތައާރަފް ކޮށްފައެވެ. މިއީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެޗްޑިސީން ކުރާ މަސައްކަތްތކުގެ ތެރެއިން މަސައްކަތެކެވެ.