ދިރާގު މަމެން ޑޭޓާ އެޑް-އޮން ތަކުން 40 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ އަލަށް ނަގާ 10 ޖީބީގެ ޑޭޓާގެ އެޑް-އޮން ތަކުން މިހާރު 40 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ.
ދިރާގު މަމެން އެޑް-އޮން ތަކުން މީގެ ކުރިން ވެސް ވަނީ ޑިސްކައުންޓުތައް ދީފައެވެ. އަދި ހަމަ އެހެންމެ ތަފާތު ޕްރޮމޯޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
2017 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި މަމެން އަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯބައިލް ޕްލޭނެކެވެ.
ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެން އަކީ މިހާތަނަށް ރާއްޖޭގައި ތައާރަފް ކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ. ޒުވާނުން ބާރުވެރި ކުރުމަށް ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.
މި މޮބައިލް ޕްލޭން އަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވާ ޕްލޭނެކެވެ.