ރޭގަނޑު އަޑުގަދަވާ ޒާތުގެ މަސައްކަތްތައް ނުކުރަން އެޗްޑީސީން އިލްތިމާސް ކޮށްފިއެވެ.
އިއްޔެ ނެރުނު އިއުލާނެއްގައި އެ ކޯޕަރޭޝަނުން ބުނީ، ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅިގެން، އަންނަ މާޗުގެ ނިޔަލަށް ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
ހަމަ އެއާއެކު، ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ ބަޔަކު އާބާދުވެފައި ވުމުން، ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އަށް އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ނުކުރަން އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، މާދަމާއިން ފެށިގެން ކުނި އުކާލަން ޖެހޭނީ ފްލެޓެއްގެ ވެރިފަރާތުން ކުނި އުކާލަން ހާއްސަކޮށްފައިވާ މުއައްސަސާތަކާ ގުޅިގެން ކަމަށް އޮތް ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަދާ ނިމެންދެން މިގޮތަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެ ކޯޕަރޭޝަނުން ވަނީ، ފިނިޝިންގެ މަސައްކަތްތައް އަވަހަށް ނިންމައި، ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރަން ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ކިބައިން އެދިފައެވެ.
މިދިޔަ އާދީއްތަ ދުވަހުގެރޭ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާންގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ.
ތީ ވ ރަގަޅު ބިނާކުރަނިވި ސަޕޯޓިންވާހަކައެތް
ރޭގަނޑު އަޑުގަދަ މަސައްކަތް ނުކުރަން އެޗްޑީސީން އިލްތިމާސް ކޮށްފި ނަމަ އެޗްޑީސީން ޒިންމާވާން ޖެހޭނެއޭ ދެން ފްލެޓްސް ތައް ކުރިއަށް އޮތް 3 މަސް ދުވަހު ނުނިމިއްޖެނަމަ ހިޔާ ފްލެޓްސް ތަކަށް ދިޔަ މީހުންނާއި މެުދު މިސަރުކާރުން ކަންކަން ކުރަނީ އެއީ އިޒްރޭލު މީހުން ފަލަސްތީނު މީހުންނާއި މެދު ކަން ކުރާ ގޮތަކޭ މިސަރުކާރު ޖެހޭނީ މިހާރުން މިހާރަށް އިސްތިއުފާ ދޭންއޭ ރައިސް އިބޫ އާއި އަފުން ތަފުން ސައިޒުން ކަނޑާނެ މިފަހަރު ކޮމަންޑޫ މަޖްލީސް އިންތިޚާބުގައި ތަމެންގެ ކައްޕަޅި ވެރިކަން ދެން މާލޭ ސަރަހައްދުގެ ވޯޓް މަތިން ހަނދާން ނައްތާލާ ހަނދާން ނައްތާލާ ދެން...