ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސްޓާ ޕްލޭން އެކުލަވާލުމުގައި ކަނޑުއަޅާފައިވާ ގޮތުގެ މަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި ވިއްކަން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ، ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަމެއް ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ކުރެ ކޮންމެ ފަރާތަކަށްވެސް ގެނެވޭނީ އެއް ބިން ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި އީމެއިލް މެދުވެރިކޮށް އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 31، 2022ވާ ދުވަހުގެ 03:30 އާ ހަމައަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާ ކަމަށެވެ. ބީލަން ފޯމަށް އެދުމަށް އީމެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ހުޅުމާލޭން ބިން ވިއްކާ އިރު ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 320 ހާސް ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށައަޅަން އެންގުން އެއީ ދެން ވަރަށް ބޮޑަށް ދިވެހިންނަށް އެބިން ނުވިއްކަން ވެގެން އެޗްޑީސީން ސިއްރު ސިއްރުން އިންޑިއާ މީހުންނަށް މިބިން ތައް ވިއްކަން ވެގެން ކުރާ ކަމެކޭ މަމެން ދެނެހުރީމޭ އިންޑިއާގެ އެމްއެމްއެކްސްޕޯރޓް އިން ތިޔާ ތަނުން 40 ބިން ގަންނަން އެޗްޑީސީގެ ބޮޑުންނާއި އެކު ކަޓް ޖައްސައިގެން ޑީލް ހަދާފައިވާ ކަން މީމަމެން ނުދަންނަ ކަމެއް ނޫނޭ އެމްއެމްއެކްސްޕޯރޓް އައުޓް