މ. އޮޅުހާ ގޭގެ ފުރަތަމަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި އެކަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 3:21 ހާއިރު ކަމަށާއި، ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެކަކު ފިހިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޑްރަގު ކޯޓު ކައިރީގައި ހުންނަ އެ ގޭގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން ގެންދާއިރު ހާދިސާ އާ ގުޅެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މި ހާދިސާގައި ގޭސްފުޅި ގޮވުމުން ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިވާލާފައެވެ.