އިންޓަނޭޝަނަލް މާކެޓްގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރައިފިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަންގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފޭސްބުކްގެ މެސެންޖާ އެޕްލިކޭޝަން ވައްޓާލުމަށް ފަހު، ނިމިދިޔަ 2020 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ އަދަދަކަށް ޑައުންލޯޑް ކުރި އެޕްގެ މަގާމު ޓިކްޓޮކުން ވަނީ ހޯދާފައެވެ.
އެމެރިކާ އިން މިއުޒިކަލީގެ ނަމުގައި ހިންގި އެޕްލިކޭޝަން ޗައިނާއިން 2017 ވަނަ އަހަރު ގަނެ، ޓިކްޓޮކްގެ ނަމުގައި 2018 ވަނަ އަހަރު ލޯންޗް ކޮށްފައި ވާއިރު ޗައިނާގެ ބައިޓްޑާންސުން ހިންގާ މި އެޕްލިކޭޝަނުގެ ނުފޫޒު ދުނިޔޭގައި އެހެން އެޕްލިކޭޝަންތަކާ އަޅާ ބަލާއިރު ބޮޑު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ ޗައިނާގެ ވާޝަން ކަމަށްވާ "ޑޫޔިން" އާއި އިންޓަނޭޝަލް ވާޝަން ބޭނުންކުރާ މީހުންގެ އަދަދު އެއްކޮށްލުމުން ޓިކްޓޮކް ކޮމިއުނިޓީގެ އަދަދު 3.2 ބިލިއަނަށް އަރާނެ ކަމަށެވެ.
އެކުންފުނިން ހޯދާފައިވާ މި ކާމިޔާބީއާ ގުޅިގެން ޓިކްޓޮކްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ވެނެއްސާ ޕަޕަސް ވަނީ ޓިކްޓޮކް ކޮމިއުނިޓީ އަށް ޝުކުރު އަދާކޮށްފައެވެ.
ޓިކްޓޮކްގެ މަގުބޫލުކަން، ބައިނަލްއަގުވާމީ މައިދާނުގައި ކުއްލިއަކަށް އިތުރުވީ، އެ އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ.