ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް މިދިޔަ ޖުލައި މަހު ވެސް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 2 މީހަކު ގެންގޮސް މައްސަލަ ތަހުގީގުކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ޓިކްޓޮކް ލައިވްތަކުގައި ޒުވާބުކޮށް އެކަކު އަނެކަކާ ދިމާއަށް ބޭއަދަބީ ބަސް ބޭނުންކޮށް ޒުވާބުކޮށްފައިވާ މައްސަލަތަކެއް ފުލުހުން ބަލާފައިވެއެވެ.