ހިޔާ ފްލެޓުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް ބަލާ ފާސް ކުރުން މިއަދު ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
މިގޮތުން އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބަލާ ފާސް ކުރުމުގެ މަސައްކަތްތައް މިއަދު ޓަވަރު H3 އަދި ޓަވަރު H4 ގައި ކުރިއަށްގެންދިއުމަށް ތާވަލް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ މަސައްކަތްކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ގަޑިތައް:
- ފަންގިފިލާ 24 އިން 15: ހެނދުނު 9:00
- ފަންގިފިލާ 14 އިން 5: ހެނދުނު 9:30
- ފަންގިފިލާ 4 އިން 1: ހެނދުނު 10:00
އެހެންކަމުން ތާވަލްގައި އަންގާފައިވާ ގަޑިތަކުގައި އެ ޓަވަރުތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކުން އެމްއެންޑީއެފްއިން ބަލާ ފާސް ކުރުން ނިމެންދެން ފުލެޓުތައް ހުޅުވާފަ ބެހެއްޓުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އަދި ފުލެޓުހަވާލު ކުރެވުނު އިރު ހަވާލު ކުރެވިފައިވާ އަލިފާން ނިއްވާ ފުޅި އަދި ރަޖާ ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން މީގެ ކުރިން ވަނީ ހިޔާ ފުލެޓު ގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލާފާސް ކުރުމުގެ މަސައްކަތްތައް މިދިޔަ މަހުގެ 22 އިން ފެށިގެން ކުރިޔަށްދާ ކަމަށް ބުނެފައެވެ.