ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގައި މަސައްކަތެއް ކުރުމަށް މާދަމާ ފެންކަނޑާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓް އަދި ޕްލާންޓްގެ ޕައިޕްލައިންގެ މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ހުރިހާ ޓަވަރުތަކަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އެޗްޑީސީން އިތުރަށް ބުނީ މި މަސައްކަތުގެ ބާވަތުން، ބަޔާންކޮށްފައިވާ ވަގުތަށް ވުރެން އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި އެ ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

އެޗްޑީސީން ވަނީ މީގެ ކުރިންވެސް މި މަހުގައި ހިޔާ ފުލެޓުތަކަށް ފެން ފޯރުކޮށް ދިނުމަށް ގާއިމްކޮށްފައިވާ ފެން ހޮޅިތަކުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ޓަވަރު ތަކުން ފެން ކަނޑާލާފައެވެ.