ވަޒީފާ ނެތި މަގުމަތީގައި އުޅޭ 2 ޒުވާނަކަށް، ސައިރިކްސް ކޮލެޖުގެ ޗެއާމަން، އަހްމަދު ޝަރީފް ވަޒީފާ ދެއްވައިފިއެވެ.
ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މިއަދު މަގުމަތިން ދިމާވި ދެ ޒުވާނަކަށް ވަޒީފާ ދީފައިވާ ކަމަށާ އެގޮތުން އެ ދެޒުވާނުންނަށް ވަޒީފާ އަށް ވަނުމަށް ޝަރުތުކުރީ ގަޑިއަށް އައުމަށާ، ސުޕަވައިޒަރު ދައްކާ ކޮންމެ މަސައްކަތެއް ކުރުމަށް ކަމަށް" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެ މީހުން އަތުން އެއްވެސް ކޮލިފިކޭޝަނަކަށް އެދިވަޑައިނުގަންނަވާ ކަމަށާއި އެދިވަޑައިގަތީ އައިޑީކާޑުގެ ކޮޕީއަކަށް އެކަނި ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެދެ ޒުވާނުންގެ މަސައްކަތް ވަރަށް ގާތުން ބައްލަމުން ގެންދަވާ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ އެދެ ޒުވާނުންނަށް ވަޒީފާ ދީފައިވަނީ ކޮންސްޓަކްޝަން ސައިޓަކުން ކަމަށެވެ. އެގޮތުން އެދެމީހުން މަސައްކަތަށް އައިސް، އެތަނުގައި މަސައްކަތް ކުރާ އެހެން ބަންގްލަދޭޝް މީހުން މަސައްކަތް ކުރާ ފަދައިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝް މީހުންނަށް ވުރެ ވެސް މަސައްކަތްތައް އަވަހަށް އަދި ރަނގަޅަށް ކުރަމުންދާ ކަމަށް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
ޝަރީފު ވިދާޅުވީ އަދި ގާތްގަނޑަކަށް ފަސް ވަރަކަށް ކުދިން ބޭނުންވާ ކަމަށެވެ. އެގޮތުން ބޭނުންވަނީ ވަޒީފާ ނެތިގެން، އެއްވެސް މީހަކު ވަޒީފާ ނުދީ ތިބި މީހުން ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ވަޒީފާތަކުގައި އުޅެފައި ތަޖުރިބާ ހުރި މީހުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ކުންފުންޏަކުން އެގޮތަށް 2 މީހުން ނެގިޔަސް، ޒުވާނުން މަގުމަތިނުވާނެ ކަމަށް ޝަރީފު ވަނީ ފާހަގަ ކުރައްވާފައެވެ.
ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް ސާބަސް އަހްމަދު ޝަރީފު އަށް އައްސަރިބަހާއި ސާބަސް... ލިޔާނެ ބަހެއް ސިކުޑިއަށް ނައިސްގެން މިވަރަކަށް ސާބަސް މިލިޔެވެނީ... މާތް ﷲ އަހްމަދު ޝަރީފު އަށް ހެޔޮ ދަރަޖަ ދެއްވާށިއެ އަދި އޭނާގެ ހިތާއި ނިޔަތް ތެދުވެރިނަމަ އޭނާގެ އެމަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. ޢަދިވެސް ސާބަސް...
މުސާރަ ކިހައިވަރެއްތޯ. ވަޒީފާ ދީ އުޅޭ 3000 ރުފިޔާ މަހަކު. ހެޑްލައިން ކަނޑާލަން ޝަރީފު ވަރެއް ނެތް.
ތިބޭފުޅާ ގެ ވިޔަފާރީގައި މާތްﷲ ބަރަކާތް ލައްވާށި އާމީން
ޢޭނާގެ ހިތާއި ނިޔަޔް ހެވިއްޔާ... ބަރަކާތް ލައްވާށިއެވެ. ދެން ތިބި ވިޔާފާރި ވެރިންނަށް ހަލާކު ހުއްޓެވެ... ހަމަ ހަލާކު ހުއްޓެވެ.