ސައިރިކްސް ކޮލެޖުން އިންތިޒާމްކޮށްގެން ބެލެނިވެރިންނަށް ހާއްސަކޮށް ކުޑަކުދިންގެ ސައިކޮލޮޖީ އަދި ޕޭރެންޓިން ކޯހެއް ފަށަން އިއުލާން ކޮށްފިއެވެ.

މި ކޯހާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ސައިރިކްސް އިން ބުނީ، "ޗައިލްޑް ސައިކޮލޮޖީ އެންޑް ޕޭރެންޓިން" ކޯހަކީ ހަފްތާއަކ 2 ގަޑިއިރުގެ ކްލާސްތަކެއް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާ 4 ހަފްތާގެ ކުރު ކޯހެއް ކަމަށެވެ. މި ކޯހުގެ ފީ އަކީ 1900 ރުފިޔާއެވެ.

ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަ އެޕްލިކޭޝަން ހުށަހަޅާ 20 ފަރާތަކަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ސައިރިކްސް އިން ބުނެއެވެ. އެ ގޮތުން ކޯސް ފީ އިން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހާ ގުލޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ ސައިރިކްސްގެ ހޮޓްލައިން ނަންބަރު 9995870 އަށް ގުޅައިގެން ކުރިއަށް ގެންދެވިދާނެއެވެ.

ދަރިމައިވާން ތައްޔާރުވާ ފަރާތްތަކާއި އަދި މަންމައިންނާއި ބައްޕައިންގެ ތެރޭގައި ވެސް ކުދިން ތަރުބިއްޔަތު ކުރުމަށް މި ކޯހަކީ ވަރަށް މުހިއްމު ކޯހެކެވެ. ކުދިންގެ ވިސްނުމާއި ކުދިން ހެދި ބޮޑުވަމުން އަންނަ އިރު ކުދިންނާ ގާތް ގުޅުމެއް އުފައްދާ އިރު އެ ކުދިންގެ ވިސްނުމަށް އަންނާނެ ބަދަލުތަކާއި ކުދިންނަށް މަންފާ ވާނެ ގޮތްގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައަކު ބޭނުންވާނެ ކަމެއް ކަން ޔަގީނެވެ.