ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގައި ފެނުގެ މަސައްކަތެއް ކުރާތީ ހިޔާ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ނޯންނާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓުތަކުގެ ފެނުގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ޓަވަރު ތަކުން އެކި ވަގުތު ތަކުގައި ފެން ކަނޑާލުމަށް ހަމަޖެހިފައިވާތީ މިއަދު ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ހިޔާ ފުލެޓުތަކަށް ފެން ފޯރުކޮށް ދިނުމަށް ގާއިމްކޮށްފައިވާ ފެން ހޮޅިތަކުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ޓަވަރު ތަކުން އެކި ވަގުތު ތަކުގައި ފެނުގެ ހިދުމަތް މެދު ކެނޑިގެން ދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ފެނުގެ ހިދުމަތް މެދު ކެނޑޭނެ ވަގުތުތައް އަދި ޓަވަރުތައް:

  • ހެނދުނު 8:00 އިން 12:00 އަށް ޓަވަރު: H1, H2, H3, H4, H5, H6, H7, H8
  • މެންދުރުފަހު 12:30 އިން ހަވީރު 4:30 އަށް ޓަވަރު: H9, H10, H11, H12, H13, H14, H15, H16

އެޗްޑީސީން އިތުރަށް ބުނީ މި މަސައްކަތުގެ ބާވަތުން، ބަޔާންކޮށްފައިވާ ވަގުތަށް ވުރެން އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.

ހިޔާ ފުލެޓު ލިބި، އެހެން ފަރާތަކާ އެކު ފުލެޓު ބަދަލު ކުރަން އެދިފައިވާ މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މި މަހުގެ 12 ވަނަ ދުވަހު އެޗްޑީސީން ވަނީ ފަށާފައެވެ. އަދި މި މަހު 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ފަހު މިއަދު ފެނުގެ މަސައްކަތެއް ކުރަމަށްޓަކައި ވަނީ މެދު ކަނޑާލާފައެވެ.