ހުޅުމާލެ ސެންޓްރަލް ޕާކްގައި ތަރައްގީކުރާ ރީތި މިސްކިތަކާއި އިސްލާމިކް ސެންޓަރުގެ ކުރެހުން ދައްކާލައި އާންމުން ހިޔާލު ހުށައަޅަން ހުޅުވާލައިފިއެވެ.
އެގޮތުން ހަތަރު ސަރަހައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕާކު މަޝްރޫއޫގައި މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ. އަދި އެމިސްކިތާއި އިންވެގެން ހަދާ އިސްލާމިކް ސެންޓަރު ފަރުމާކުރުމުގެ ފުރުސަތު އެ ދައިރާގެ ފަންނީ ދިވެހިންނަށް މިދިޔަ މޭ މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގެ 4 ކޮންސެޕްޓެއް ހިއްސާކޮށް އެޗްޑީސީން ވަނީ އާންމުންގެ ހިޔާލު ހުށައަޅަން ހުޅުވާލާފައެވެ. އެއީ ކޮންސެޕްޓް ނަންބަރު ADC01-01 ، ADC01-03، ADC01-02 އަދި ADC01-09 އެކެވެ. އަދި މި ލިންކް މެދުވެރިކޮށް ހިޔާލު ހުށައެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެ ކޯޕަރޭޝަންނާ ގުޅިގެން ހިންގި އެ ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގި މުބާރާތެކެވެ.
ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކޮށް ތަރައްގީ ކުރަމުން އަންނަ ޕާކެކެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކަކީ ވިހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާ އެކު ތަރައްގީ ކުރާ މަޝްރޫއުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ސެންޓްރަލް ޕާކަކީ ހުޅުމާލޭގެ ފެހިކަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ގޮތްތަކަށް ފަރުމާ ކޮށް ތަރައްގީ ކުރަމުން އަންނަ ޕާކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ތިކަމާ ކެނަރީގެ ނަސީދު ބުނަނީކީކޭ މަށަށް ހީވަނީ އެސޮރު ވަރަށް ދެރަވާނެހެން
ތިކަމާ އިއްނީވަރަށް ދެރަވާނެ