ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ބަސް ސްޓޮޕުގެ މަސައްކަތް މިމަހު މެދު ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބަސް ސްޓޮޕް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށާއި އަދި މިހާރު މުޅި ޕްރޮޖެކްޓުގެ 92 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ ބަސް ސްޓޮޕަށް ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމުގެ އިތުރުން ނުނިމި ހުރި ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.

އެޗްޑީސީން ދަނީ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއި އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

ހިޔާ ފްލެޓުތަކަކަށް ކަރަންޓު ދޫކޮށް ފިނިޝިން ނިންމަން ދިނުމާއި އެކު އެޕާޓްމެންޓުމެންޓުތައް ނަހަދައި ގިނަ ބަޔަކު ދަނީ އެތަނަށް ދިރިއުޅުން ބަދަލު ކުރަމުންނެވެ. އެމީހުންގެ ފްލެޓުގައި ދިރިއުޅެމުން އެތަންތަން ހެދުމުގެ މަސައްކަތް ކުރާއިރު މިހާރު އެންމެ ބޮޑު ޝަކުވާއަކީ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ނުލިބޭ ވާހަކައެވެ.