ހުޅުމާލެ ފޭސް 2ގައި ކެފޭ، ބޭސްފިހާރަ އަދި ފިހާރަ ހަދަން އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތިން ސަރަހައްދެއްގައި ކެފޭއެއް ހެދުމަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ޕްރީ ޕްރޮޕޯސަން މީޓިން ޒޫމް މެދުވެރިކޮށް މިމަހު 25 ވަނަ ދުވަހު 02:00ގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ސެޕްޓެމްބަރު 14، ވަނަ ދުވަހުގެ 02:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭސްފިހާރަ ހަދަން ޝައުގުވެރިވާ ފަރާރްތަކަށް މިމަހު 26 ވަނަ ދުވަހު 10:00ގައި ޒޫމް މެދުވެރިކޮށް ޕްރީ ޕްރޮޕޯސަން މީޓިން އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ސެޕްޓެމްބަރު 15، ވަނަ ދުވަހުގެ 02:00ގެ ކުރިން ބޭސް ފިހާރަ އަޅަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހަދަމް ބޭނުންވާ ފަރާތްތަކަށް ޕްރީ ޕްރޮޕޯސަން މީޓިންއެއް ޒޫމް މެދުވެރިކޮށް މިމަހު 25 ވަނަ ދުވަހު 01:00ގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ސެޕްޓެމްބަރު 13، ވަނަ ދުވަހުގެ 02:00ގެ ކުރިން ބޭސް ފިހާރަ އަޅަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހަމައެހެންމެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްލިނިކެއް އެޅުމަށް ވެސް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާރްތަކަށް މިމަހު 26 ވަނަ ދުވަހު 11:00ގައި ޒޫމް މެދުވެރިކޮށް ޕްރީ ޕްރޮޕޯސަން މީޓިން އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ކްލިނިކް އެޅުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 16، ވަނަ ދުވަހުގެ 02:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހިޔާ ފްލެޓްގެ ގޮތުގައި 6،720 ފްލެޓް ވަނީ ދޫކޮށްފައެވެ. ހިޔާ ފްލެތްތައް ލިބުނު މީހުން މިހާރު ދަނީ އެތަނުގެ އިންޓީރިއާ މަސައްކަތްތައް ކުރަމުންނެވެ. ދުވާލަކު ދެ ގަޑިއިރަށް ކޮންމެ ޓަވަރަކަށް ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަ އިރު، ފްލެޓް ލިބުނު މީހުން ބޭނުން ވަނީ އަވަހަށް އެތަނުގެ ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު ފްލެޓްތަކަށް ބަދަލު ވާށެވެ.